ބަރަކް އޮބާމާ
![](http://upload.wikimedia.org/wikipedia/commons/thumb/8/8d/President_Barack_Obama.jpg/220px-President_Barack_Obama.jpg)
ބަރާކް އޮބާމާ ނުވަތަ ބަރާކް ޙުސައިން އޮބާމާ ( 4 އޮގަސްޓު 1961 ) އަކީ 2009 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އެމެރިކާގެ 44 ވަނަ ރައީސެވެ. އޭނާ ވެގެން ގޮސްފައިވަނީ އެމެރިކާގެ އެފްރިކާ ދަރިކޮޅު ފުރަތަމަ ރައީސަށެވެ. 4 ޖެނުއަރީ 2005ން ފެށިގެން ބަރާކް އޮބާމާ ހުންނެވި އިލިނޮއިސްގެ ޖޫނިއަރ ސެނެޓަރ ކަމުން ރައީސް ކަމަށް އިންތިޚާބު ވެވަޑައިގަތުމާއި ގުޅިގެން ވަނީ އިސްތިއުފާދީފަ އެވެ.
ކޮލަމްބިޔާ ޔުނިވަސިޓީ އަދި ހާރވަޑް ލޯ ސްކޫލްގައި ތަޢުލީމް ޙާޞިލްކޮށްފައިވާ ބަރާކް އޮބާމާ ވަނީ ހާރވަޑް ލޯ ރިވިއު ގެ ރައީސްކަން ކުރައްވައި، ކޮމިޔުނިޓީ އޯގަނައިޒާރ އެއްގެ ދައުރު އަދާކޮށްފައެވެ. މީގެ އިތުރުން މަދަނީ ޙައްގުތަކާބެހޭ އެޓާނީ އެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
2008 ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ހިލަރީ ކްލިންޓަން އާއި ވަރަށް ގާތް ގާތުން ވާދަކުރައްވާ، އޭނާ އެ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓުކަން ހޯއްދެވިއެވެ. އޭނާ ވެގެން ދިޔައީ އެމެރިކާގެ ބޮޑު ޕާޓީއަކުން ރިޔާސީ ކެނޑިޑޭޓްކަން ލިބިވަޑައިގެންނެވި އެފްރިކާ ދަރިކޮޅުގެ ފުރަތަމަ މީހާއަށެވެ. 2008ގެ ނޮވެމްބަރުގެ ރިޔާސީ އިންތިޚާބުގައި ޖޯން މެކެއިން ބަލިކުރައްވާ، 15 ޖެނުއަރީ 2009 ވަނަ ދުވަހު ބަރަކް އޮބާމާ ވަނީ އެމެރިކާގެ ރައީސް ކަމުގެ ހުވާކުރައްވާފައެވެ.